Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ޑިމެންޝިއާ ސެޝަން މިއަދު އައްޑޫގައި އޮންނާނެ

ޑިމެންޝިއާއާ ގުޅޭ ގޮތުން ޕެނެލް އައްޑޫގައި ބާއްވަން ނިންމައިވާ ޕެނެލް ޑިސްޝަން މިއަދު އޮންނާނެ ކަމަށް އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ސެޝަން އޮންނާނީ މިއަދު ހަވީރު ފަހު 3:45 ގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގަ އެވެ.

މި ޕެނެލް ޑިސްކަޝަންގައި ޑިމެންޝިއާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އެ ބައްޔާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށް ދިނުމުގެ އިތުރަށް ޑިމެންޝުއާ ގުޅޭ ކުރެހުމުގެ މައުރަޒެއް ވެސް މިއަދު ކުރިއަށް ދާނެ އެވެ.

ދެހާސް ބާވީހުގައި ވެސް އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އައްޑޫގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ،