ޗައިނާއިން ޓައިވާންގެ ސަރަހައްދު ވަށައިގެން ކުރިއަށް ގެންދިޔަ އަސްކަރީ ތަމުރީނުތައް ނިންމާލާފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޗައިނާއާއި ވަކިވެގަތުމަށް ޓައިވާނުން މަސައްކަތް ކުރަމުންދާއިރު، ޗައިނާއިން ޓައިވާންގެ ސަރަހައްދު ވަށާލައި، އަސްކަރީ ތަމުރީނުތައް ފަށާފައި ވަނީ ބްރާސްފަތި ދުވަހުއެވެ. ދެ ދުވަހަށް ކުރިއަށްގެންދިޔަ އަސްކަރީ ތަމުރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ޓައިވާން ވަށާލައިގެން ތިބެއެވެ.
މި ތަމުރީނުތަކާ ގުޅިގެން ޓައިވާނުންވަނީ އެގައުމުގެ އަސްކަރިއްޔާވެސް ހައި އެލާޓަށް ގެނެސްފައެވެ. ޓައިވާނުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ ޗައިނާގެ ތަމުރީނު ތަކުގައި 62 އަސްކަރީ މަތިންދާ ބޯޓި އަދި 27 ނޭވީ ޝިޕް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ޗައިނާގެ ތަމުރީނުތަކަށް ޓައިވާނުން ފާރަލާފައިވެއެވެ.
Tightly monitoring!#ROCArmy, #ROCNavy, #ROCAF and coast guard are taking concrete actions to safeguard #freedom and #democracy!@mna_roc @YDN_NEWS pic.twitter.com/Ayhb4ayfye
— 國防部 Ministry of National Defense, R.O.C. 🇹🇼 (@MoNDefense) May 24, 2024
މި ތަމުރީނުތަކާ ގުޅޭގޮތުން ޗައިނާ އަސްކަރިއްޔާގެ ތަރުޖަމާނެއް ބުނެފައިވަނީ، މި ތަމުރީނުތަކަކީ ޗައިނާއާ ވަކިވެގަނެ މިނިވަންވުމަށް ޓައިވާނުން ކުރާ މަސައްކަތަށް ދެވޭ ވަރުގަދަ އަދަބެއް ކަމަށާއި އަދި މިއީ ބޭރުގެ އެހެން ބާރުތަކުން ޓައިވާންގެ މައްސަލައަށް ވަނުމާ ދެކޮޅަށް ދެވޭ ވަރުގަދަ ހަރުކަށި އިންޒާރެއް ކަމަށެވެ.
ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަން ޗައިނާ އިން ދެކޮޅު ހަދަމުންދާއިރު ޗައިނާ އިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.