Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

މާލެ އިން ގެއްލިގެން ހޯދި އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ތ.މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ޒޯޔާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ ހަބަރެއް ނުވާތާ ހަތަރު ދުވަސްވުމާ ގުޅިގެންނެވެ.