ކެބިން ކްރޫއެއްގެ ގޮތުގައި މިހާތަނަށް އެންމެ ގިނަ ދުވަހު މަސައްކަތްކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ވެސް ހޯދި އެމެރިކާގެ ބެޓީ ނާޝް މަރުވެއްޖެ އެވެ.
އެމެރިކަން އެއާލައިންސްގައި މަސައްކަތްކުރަމުން އައި ބެޓީ އުމުރުން 88 އަހަރުގައި މަރުވީ މި މަހުގެ 17 ވަނަ ދުވަހު އެވެ. މިކަމާ ގުޅިގެން އެ އާލައިންސުން ނެރުނު މެމޯއެއްގައި ބުނީ ބެޓީ މަރުވީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށާއި އޭނަ ވަކިވުމަކީ އެމެރިކަން އެއާލައިންސަށް ލިބޭނެ ވަރަށް ބޮޑު ފަޅު ކަމެއް ކަމަށެވެ.
"ގެއްލިގެން މި ދިޔައީ އޭވިއޭޝަން ދާއިރާގެ ވަރަށް ހިދުމަތްތެރި އައިކަންއެއް." މެމޯގައި ބުންޏެވެ.
We mourn the passing of Bette Nash, who spent nearly seven decades warmly caring for our customers in the air. She started in 1957 and held the Guinness World Record for longest-serving flight attendant. Bette inspired generations of flight attendants. Fly high, Bette. pic.twitter.com/XFTXyvsqFI
— americanair (@AmericanAir) May 25, 2024
ބެޓީ ވަނީ ގާތްގަނޑަކަށް 67 އަހަރު ވަންދެން ކެބިން ކުރޫއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭނަ އެ ވަޒީފާ އަށް ނުކުތީ 1957 ގަ އެވެ. އެއީ އީސްޓަން އެއާލައިންސާ އެކީފގައވެ. އެ އެއާލައިނަކީ 1990 ގައި އެމެރިކަން އެއާލައިންސާ ގުޅާލި އެއާލައިންސެކެވެ. އޭގެ ފަހުން ބެޓީ މަސައްކަތް ކުރަމުން ދިޔައީ އެ އެއާލައިންސްގަ އެވެ
ކެބިން ކްރޫއެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރި އަންހެނާގެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑުން ބެޓީ އަށް ދިނީ 2022 ގަ އެވެ.