އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަކީ ދެ ގައުމެއްގެ މެދުގައި އޮތް ކަމެއް ކަމަށް، ރާއްޖޭގެ އާ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ ޕީއެންސީގެ ޕީލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވުމާ ގުޅިގެން ފާޑިކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އޭނަ އެގޮތަށް ވިދާޅުވީ 20 ވަނަ މަޖިލީހުގެ މެންބަރުން އިއްޔެ ހުވާ ކުުރެއްވުމަށް ފަހު، ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްރޭލު ޓޫރިސްޓުން ރާއްޖެ އައުމާ ގުޅޭ ގޮތުން ނޫސްވެރިންތަކެއް ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
ފަލާހު ފުރަތަމަ ވިދާޅުވީ ވިދާޅުވީ އެ މައްސަލައިގެ މާ ބޮޑު މައުލޫމާތެއް އެނގިފައި ނެތުމުން ޖަވާބެއް ދެވެން ނެތް ކަމަށެވެ.
"އިޒްރޭލުގެ މައްސަލާގައި އެ މައްސަލައަކީ ތި ބޭފުޅުން އެނގިވަޑައިގަންނަވާނެ ހަމަ ވަރަށް ބޮޑު ފޮރިން ދެ ގައުމެއްގެ ދޭތެރޭ ހިނގާ، މައްސަލަތަކެއް. އެ ކަންކަމުގެ ސަރުކާރުން އެންމެ ވިސްނާފައި ފޮނުވާ ގޮތަކަށް، އެންމެ ރައްޔިތުންނަށް ގައުމަށް ފައިދާ ހުރި ގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމަން ޖެހޭ ކަންކަން ނިންމާނަން." ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގަ ބޮޑު ޤަތުލު އާންމެއް ހިންގަމުން ދާައިރު މީ ދެ ޤައުމެއް ދޭތެރޭ ހިނގާ މައްސަލައެއް ނޫން. މީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް.
2. މި ޤައުމަށް ރަނގަޅު ގޮތަކަށް ވާނީ ފަލަސްތީނު ރައްޔިތުންނަށް ރަނގަޅު ވާ ގޮތް.
3. މަޖިލިހުން އަޅަންޖެހޭ…
1/2 pic.twitter.com/oCgJACKcLE— Amr 🎈 (@HusenAmr) May 28, 2024
މުޅި ދުނިޔެ އެ މައްސަލައަކާ މެދު ކަންބޮޑުވާ އަދި އިސްލާމީ ދުނިޔޭގެ ސަމާލުކަން މިހާރު އެންމެ ބޮޑަށް ހުއްޓިފައިވާ ފަލަސްތީނާއި އިޒްރޭލު މައްސަލަ އަކީ ދެ ގައުމެއްގެ މެދުގައި ހިނގާ ކަމެއް ކަމަށް ފަލާހު "ސިފަކުރެއްވުމުން" އޭނަ އަށް އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.
އެގޮތުން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވެސް ވަނީ ފަލާހަށް ފަލާހުގެ ވާހަކަ އަށް ފާޑުވިދާޅުވެފަ އެވެ.
"އިޒްރޭލުން ފަލަސްތީނުގަ ބޮޑު ގަތުލު އާންމެއް ހިންގަމުންދާއިރު މީ ދެ ޤައުމެއް ދޭތެރޭ ހިނގާ މައްސަލައެއް ނޫން، މީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް." އޭނަ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ދިވެހި ގައުމަށް ރަނގަޅު ގޮތަކަށް ވާނީ ފަލަސްތީނު ރައްޔިތުންނަށް ރަނގަޅު ވާ ގޮތް ކަމަށާއި ސަރުކާރުން ވަކި ގޮތެއް އަންގަންދެން މަޑުނުކޮށް މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ފަލާހުގެ ވާހަކައާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އެ ކަންވާރަކުން ނުކުންނާނީ އެ ކަންވާރެއްގައި ހުރި އެއްޗެއް ކަމަށާއި މަޖިލީހުގެ ރައީސާ ހަމައިން ފެށިގެން ގިނަ މެމްބަރުން ފެނުމުންމ ހީވަނީ ނުކިޔާ ކުދިންގެ އީދު އައީހެން ކަމަށެވެ.