މި މަހުގެ 25 ވަނަ ދުވަހަކީ އެ އިދާރާ އަށް ވަރަށް ތާރީހީ ދުވަހެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އެތަނުން މިއަދު ކުރި ސޯޝަލް މީޑިއާ ޕޯސްޓެެއްގައި ބުނީ ގަވާއިދާ ހިލާގފަށް ބިދޭސީން ހޯދަން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 25 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ މުޅިން ވެސް އަންހެން އޮފިސަރުން ހިއްސާވެގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
އެހެންވެ އެއީ އިމިގްރޭޝަންގެ މަސައްކަތުގައި ވަރަށް ތާރީހީ ދުވަހެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ދުވަހު ނުކުތް އަންހެން އޮފިސަރުން މާލޭގެ އަށް ތަނަކާއި ހުޅުމާލޭގެ ހަ ތަނެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށްް އުޅުނު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
The first-ever raid operation by our female officers on May 25, 2024, marks a historic day for Immigration.
Read more: https://t.co/w77tyx3csK@min_mohst@HomeMinistrymv@ShamaanW#MaldivesImmigration #EncforcementComplianceDivision #RaidOperations #WomenEmpowerment pic.twitter.com/aV68y2oLla
— Maldives Immigration (@ImmigrationMV) May 30, 2024
އޭގެ ތެރޭގައި ހިމެނެނީ ވިސާ ނެތް ބިދޭސީންނާއި މަސައްކަތް ކުރަން ރާއްޖެ އެތެރެވި ތަން ނޫން އެހެން ތަންތަނުއްއި މަސައްކަތް ކުރަމުން ދިޔަ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު މައްސަލައަކަށްވެފައިވާތީ އެކަން ހައްލު ކުރަން މި ސަރުކާރުން މިހާރު އަންނަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެތުމަށް "ކުރަނގި" ގެ ނަމުގައި ހޯމްލޭންޑް މިނިސްޓްރީން ވަނީ ހާއްސަ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. މީގެ ތެރެއިން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކް ނަގާނެ އެވެ.