ސޮފްޓްވެއާ މަސައްކަތެއް ކުރަން ހަމަޖެހިފައިވާތީ އެސްޓީއޯގެ ފާމަސީތަކުގެ ހިދުމަތް މާދަމާ ކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީހެ ބޭސްފިހާރަތަކުގައި ބޭނުންކުރާ ސޮފްޓްވެއާ އަށް ބަދަލުތަކެއް ގެންނަން ޖެހޭތީ އެ ތަންތަނުގެ ހިދުމަތް މާދަމާ މެދުކެނޑޭނެ ކަމަށެވެ. ފާމަސީތަކުގެ ސޮފްޓުވެއާ އަޕްގްރޭޑް ކުރަނީ އެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
Important Announcement 📢📢
Temporary Closure on 31st May 2024 for current software upgrade. pic.twitter.com/l20SuSPzIA— STO Medical Services (@StoMedical) May 30, 2024
ފާމަސީތަކުގެ ހިދުމަތް މާދަމާ މެދުކަނޑުނު ނަމަވެސް ކުއްލި ހާލަތްތަކުގައި ހާލަތްތަކުގައި ބޭސް ލިބޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި 190 ފާމަސީ ހިންގައެވެ.