Last Updated: November 26, 13:34
Tuesday, November 26, 2024
ޚަބަރު

ގަން އެއާޕޯޓްގެ ކެފެޓީރިއާ ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރާންސިޓް ލައުންޖުގައި ގާއިމުކޮށްފައިވާ އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓްގައި ހިމެނޭ ކެފެޓީރިއާ ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަަލްތައް ބަލައި ނުގަންނާނެ ކަމަށް ވެސް ބީސީސީން ބުންޏެވެ.

އެތަނުން ބުނީ ބީލަމުގައި ބައިވެރި ވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ބީސީސީގެ ފޯން ނަންބަރު 3330587 އީމެއިލް procurement@bcc.mv މެދުވެރިކޮށް ވެސް ހޯދޭނެ އެވެ.