ދެކުނު ކޮރެއާގައި އެންމެ އަގުބޮޑު ވަރީގެ ބަދަލަށް 1.38 ޓްރިލިއަން ވޮން (1 ބިލިއަން ޑޮލަރު) ދޭން ޖެހިއްޖެ އެވެެ.
ސޯލް ހައި ކޯޓުން ބުރާސްފަތި ދުވަހު މި ހުކުމް އިއްވާފައި ވަނީ ދެކުނުގެ ކޮރެއާގެ މަހުޖަނެއް ކަމަށްވާ އެސްކޭ ގްރޫޕްގެ ޗެއާމަން ޗޭ ޓައި-ވޮންގެ މައްޗަށެވެ. މީގެ 10 އަހަރު ކުރިން ރޫޅައިލި ކައިވެންޏާ ގުޅިގެން ބަދަލު ހޯދަން ކުރީގެ އަންހެނުން ރޯ ސޯ ޔަންގް ކުރި ދައުވާއާ ގުޅިގެން ވަރީގެ ބަދަލަށް ދެކުނު ކޮރެއާގެ ތާރީހުގައި ވެސް އެންމެ ބޮޑު އަދަދެއް ނަގައިދޭން ނިންމި އެ ކައިވެންޏަށް ތިން ދަރިން ވެސް ލިބިފައިވެ އެވެ.
ޗޭ އާއި ރޯ ވަރިވާން ނިންމީ 35 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުމަށް ފަހު އެެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ރޯ ވަނީ އެސްކޭ ގްރޫޕްގެ ހިއްސާ އިން ބޮޑު އަދަދެއް ވެސް އޭނަ އަށް ނަގައި ދޭން އެދިފަ އެވެ. އަދި ކޯޓުން ބުރާސްފަތި ދުވަހު މައްސަލަ ނިންމީ ކުންފުނި ކުރިއެރުމުގައި ރޯގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި ކުންފުނި ކުރިއަރުވަން އޭނަ އަމަލީ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް ކަނޑައަޅައިފަ އެވެ. އެހެންވެ މައްސަލަ ނިންމީ އެސްކޭ ގްރޫޕްގެ ހިއްސާ އަކީ ޗޭ އާއި ރޯގެ ޖޮއިންޓް ހިއްސާއެއް ކަމަށެވެ.
ވަރީގެ ބަދަލަށް އެއް މިލިއަން ޑޮލަރު ދޭން ކުރި ހުކުމާ ގުޅިގެން ޗޭގެ ގާނޫނީ ޓީމުން ބުނީ އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.
ކޯޓުން ރޯ އަށް ނަގައިގެން ދޭ ހުކުމްކުރި އެއް ބިލިއަން ޑޮލަރާ އެކީ އޭނަގެ މިލްކިއްޔާތު 4 ޓްރިލިއަން ވޮން 2.9 ބިލިއަން) އަރާނެ އެވެ.