ފުލުހުންނާއި ޔޫއެންއޯޑީސީ އައުޓް ބޯޑު އިންޖީނު މެއިންޓެނެންސް ކޯހުގެ ތިންވަނަަ ބުރެއް ބާއްވައިފި އެވެ.
މި ކޯސް ނިންމުމަށް ދޫނިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިހުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް އެވެ. އެ ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީގެ އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރު ބުއްދިކާ ދަނަންޖި ރަނަދީރާ އާއު އަދި އިންސްޓްރަކްޓަރު ނޯމަން ކިޓޮންގަ ކިކަމީ ބައިވެރިވަޑައިގެންނެވި އެވެ.
މެއި 26-30 އަށް ކުރިއަށް ގެންދިޔަ ކޯހުގައި 8 ފުލުހަކާއި ދިވެހި ކަސްޓަމްސްގެ ދެ އޮފިސަރަކު ބައިވެރިވި އެވެ.
ކޯހުގައި އުޅަނދުތައް ޗެކްކުރުމުގައި ބަލަން ޖެހޭ މުހިންމު ކަންތައްތަކާއި އިންޖީނުތަކަށް އާންމުކޮށް ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ދަސްކޮށް ދީފައިވެ އެވެ. އަދި ކަނޑުމަތީގައި އިންޖީނަށް މައްސަލައެއް ދިމާވެއްޖެ ނަމަ ހައްލު ކުރާނެ ގޮތާއި އިތުރަށް މައްސަލަ ގޯސްވިޔަ ނުދީ ހިކިފަސްތަނަކާ ހަމައަށް އުޅަނދު ގެންދިއުމަށް ކުރަން ޖެހޭ އަދި ކުރެވިދާނެ ކަންކަމާއި އިތުރަށް އެނގެން ޖެހޭ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.