ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން ވީހާ ވެސް އަވަހަށް ފޯރުކޮށް ދިނުމަށް ރާއްޖެއިން އަނެއްކާ ވެސް ގޮވާލައިފި އެވެ.
ސްވިޓްޒަލޭންޑްހެ ޖެނީވާގައި މިހާރު ކުރިއަށްދާ 77 ވަނަ ވޯލްޑު ހެލްތު އެންސެމްބްލީގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރު ޑރ .ޢަބްދުﷲ ޚަލީލު ބައިވެރިވެވަޑައިގެން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި އަޑު އުފުއްލަވައިފަ އެވެ. އެގޮތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކީގައި ކަމަށާއި ފަލަސްތީނުގެ ހާލަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާ ޚިލާފަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިނގަމުންދާ ކަމަށެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާ ދެމުންދާ ކަމަށާއި، އެފަދަ އަމަލުތައް ވަގުތުން ހުއްޓުވަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“Despite our shared commitment to the Universal Declaration of Human Rights and the principle that “health is a human right,” we observe troubling conditions in conflict zones, particularly Gaza”@abkhaleel #WHA77 pic.twitter.com/eifU2wFh5h
— Ministry of Health (@MoHmv) May 29, 2024
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ފަލަސްތީނަށް ދެމުން އަންނަ އެހީ އިތުރުކޮށް، ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ލިބެން ޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ. އޭނަ ވަނީ
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކޮށް ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި، ފަލަސްތީނަށް އެހީދޭން ތައްޔާރަށް ތިބި ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް އިޒްރޭލަށް ގޮވާލައްވައިފަ އެވެ.
ވޯލްޑް ހެލްތު އެސެމްބްލީގައި ފަލަސްތީނާ ގުޅޭގޮތުން ރާއްޖެ އިން ވަނީ އެ ޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރުމަށް ވޯޓު ވެސް ދީފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ ހުރިހާ ހޮސްޕިޓަލްތަކެއްހެން ވަނީ ބިމާހަމަކޮށްފަ އެވެ. އަދި ސިއްހީ އެތައް އެހީތެރިންނެއްގެ ފުރާނަ ވެސް ދުއްވާލާފައިވެ އެވެ.