ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމާ ގުޅިގެން ރާއްޖެ އިން މަރުހަބާ ކިޔައިފި އެވެ.
އެ ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ދޭން ނިންމީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގަ އެވެ.
ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެންބަރުންކަން ލިބުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް މަރުހަބާ ވިދަޅުވެފައިވެ އެވެ. ރައީސް ވިދާޅުވީ މިއީ ފަލަސްޠީނުގެ ފުރިހަމަ ދައުލަތެއް އޮތުމަށް ބައިނަލްއަޤްވާމީ ތާއީދު އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށެވެ. އަދި އެ ގަރާރަށް ރާއްޖެއިން ތާއީދުކުރަން ނިންމީ، ފަލަސްޠީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތް ޙައްގަށާއި، ބައިނަލްއަގުވާމީ ޖަމާޢަތްތަކުގެ ފުރިހަމަ މެންބަރުކަމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާޢީދުކުރާތީ ކަމަށެވް ވިދާޅުވި އެވެ.
ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ލިބުމުން ވޯޓްތަކުގައި ބައިވެރިވުން ފިޔަވައި، އެހެން މެންބަރު ގައުމުތަކަށް ލިބޭ ހުރިހާ ހައްގެއް ފަލަސްތީނަށް ވެސް ލިބޭނެ އެވެ.
The #Maldives welcomes the decision of the 77th World Health Assembly (#WHA77) to align the participation of the State of Palestine in the Assembly with its participation in the @UN.
Maldives was among the 101 countries that voted in favour of the resolution and enhanced the…
— Dr Mohamed Muizzu (@MMuizzu) June 2, 2024
ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކުގެ ހުރިހާ ހައްގެއް ދިނުމަށް ވޯލްޑް ހެލްތު އެސެމްބްލީން ފާސްކުރި ގަރާރަށް ބޮޑު ތަރުހީބެއް ލިބުނު އިރު އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދަރަޖަ އަލަށް މަތިކުރުމާ ގުޅޭ ގަރާރު ފާސްކޮށްފައި ވަނީ 101 މެމްބަރުންގެ ވޯޓުންނެވެ.