Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ހީލަތުުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދި މަައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުުުން ހޯދަނީ ކ. މާލެ، ދަފުތަރު ނަމްބަރު ދރ 1387، އަލީ ރަޝީދު، 45 އާއި ކ. މާލެ ހ. އަނަސް، ލުގްމާން އިސްމާއީލް 31، އެވެ.

މި ދެ މީހުން ހޯދަން ފުލުހުން އިއުލާންކުރީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށްހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އެވެ.

އެހެންވެ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ފުނަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ރަޝީދާއި ލުގްމާން ހާޒިރުވާން އަންގާފައިވެ އެވެ.

ފަހަކަށް އައިސް މަަކަރާއި ހީލަރުން ފައިސާ ހޯދުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މިފަދަ މައްސަލަތަކުގެ ތަހުގީގަށް މީހުން ހޯދަން ފުލުހުން އަންނަނީ ވަރަށް ގިނައިން އިއުލާން ކުރަމުންނެވެ.