Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ދަރިވަރަކަށް ޓީބީ ޖެހި، ދަރިވަރުންތަކެއް ޓެސްޓް ކުރަނީ

މާލޭގެ މަޖީދިއްޔާ ސްކޫލް ދަރިވަރެއްގެ ގައިން ޓީބީ ފެނި އެ ސްކޫލްގެ ދަރުވަރުން އެ ބައްޔަށް ޓެސްޓްކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބަލި ފެނިފައި ވަނީ އެ ސްކޫލްގެ ގްރޭޑު 9 ގައި ކިޔަވަމުން ދާ ދަރިވަރެއްގެ ގައިންނެވެ. އަދި އެ ކުއްޖާ ގައިން ބަލި ފެނުމުން އޭނާއާ އެއް ކުލާހެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ޓެސްޓް ހެދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން މިހާރު އަންނަނީ ކުރަމުންނެވެ.

ބަލި ފެނުނު ދަރިވަރުގެ މައުލޫމާތު އެޗްޕީއޭއަށް ހިއްސާކޮށް އެ އިދާރާގެ ލަފާގެ މަތިން ދަރިވަރުގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަކަމަށް އެޑިއުކޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި ސްކޫލް ދަރިވަރެއްގެ ގައިން އެންމެ ފަހުން ޓީބީ ފެނިފައި ވަނީ 2022 ގަ އެވެ. އެ ފަހަރު ބަލި ޖެހުނީ ސެންޓާ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން ސީއެޗްއެސްއީ) ދަރިވަރަކަށެވެ.

ގައިންގަޔާ އަށް އަރާ ބައްޔެއް ކަމަށްވާ ޓީވީ އަކީ ރާއްޖެ އިން ނައްތާލެވިފައިވާ އޮތް ބައްޔެކެވެ.