Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ފުވައްމުލައް ކައުންސިލް ކޮމްޕްލެކްސް ޑިޒައިން ބީލަމަށް

ފުވައްމުލައް ސިޓީ ކައުންސިލްގެ އޮފީސް ކޮމްޕްލެކްސް ޑިޒައިންކޮށް ދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ އަލުން ހުޅުވައިލީ ފުރަތަމަ ބީލަމަށް ހުޅުވައިލުމުން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ ކަމަށެވެ.

އެހެންވެ އޮފީސް ކޮމްޕްލެކްސް ޑިޒައިންކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުފެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 1 އާ ހަމައަށް ހުޅުވާލައިފަ އެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވާން މި މަހުގެ 23 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީކުރަން ހުށަހަޅާނީ ކުންފުނީގެ ނަމާއި އެޑްރެހާއި ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް/ފުރިހަމަ ނަމަ މި މެއިލަށް procurement@fuvahmulah.gov.mv ފޮނުވައިގެންނެވެ.