ކ. ގުރައިދޫގައި ފުލުހުންތަކަކަށް އިންޒާރުދިން މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށް ނަސޭހަތް ދިނުމަށް ފަހު އިއްޔެ ދޫކޮށްލައިފި އެވެ.
ގުރައިދޫ މަގެއްގެ މަތީމަގީައި ކުޑަކުއްޖަކާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އޭގައި ފެންނަނީ ކުލަ ގެ ހެދުމުގައި ހުރި ފުލުހަކާއި ޔުނިފޯމުގައި ތިބޭ ދެ ފުލުހަކު ވެސް ފެނެ އެވެ. އަދި ކުލަ ހެދުމުގައި ހުރި ފުލުސް މީހާއާ ކުއްޖާ ކުރިމަތިލާ މަންޒަރު ދެނެ އެވެ.
އެއަށް ފަހު ކުއްޖާގެ އަތް ލޮކްކޮށްގެން އެ ކުއްޖާ ކޮންޓްރޯލްކުރާ މަންޒަރު ވެސް ފެނެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބުނީ ވީޑިއޯގައި ފެންނަނީ މަގުމަތިން ފުލުހުންނަށް އިންޒާރު ދިން ކުޑަކުއްޖަކު ބެލުމުގެ ދަށަށް ގެންދާ މަންޒަރު ކަމަށެވެ. އަދި އެ މައްސަލައިގައި ކުއްޖާ ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާ އަށް ނަސޭހަތްދީ ކުއްޖާ ބެލެނިވެރިންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.