Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

އެކްސިޑެންޓްގައި ޒަޚަމްވި އިބްރާހިމްގެ ހާލު ރަނގަޅު- އާއިލާ

މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ގެއްލުންތަކެއް ލިބުނު ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް އާއިލާ އިން ބުނެފި އެވެ.

ހިތަދޫ ޕާމްޝޭޑް އިބްރާހީމް އަލިދީދީ، 21، އިއްޔެ ހެނދުނު މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

އޭނާގެ އާއިލާގެ މެންބަރަކު ޑޮކްޓަރާ ހަވާލާދީ ބުނިގޮތުގައި ކުރިން ހީކުރި ވަރުގެ ގެއްލުމެއް އިބްރާހީމަށް ލިބިފައި ނެތް ކަމަށެވެ.

"ކުރިން އަހަރުމެން ހީކުރީ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ވި ކަމަށް. ނަމަވެސް ޑޮކްޓަރު ބުނިގޮތުގައި އެހާ ސީރިއަސް ގެއްލުމެއް ލިބިފައެއް ނެތް.،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިބްރާހީމް އެކްސިޑެންޓްވީ އޭނާ ރައްޓެއްސަކާ އެކު ސައިކަލް ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.މި ހާދިސާގައި އޭނާގެ ސައިކަލްގެ ފަހަތުގައި އިން ޒުވާނާއަށާއި އަނެއް ސައިކަލްގައި އިން ބިދޭސީ މީހާ އާ ވެސް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގައި ނުރައްކާތެރި އެތައް އެކްސިޑެންޓެއްގައި ހިނގައި ތިން ޒުވާނަކު ވަނީ މަރު ވެސް ވެފަ އެވެ.