Last Updated: January 16, 01:14
Wednesday, January 15, 2025
ޚަބަރު

އެންޓި ހިއުމަން ޓްރެފިކިން ކޮމިޓީ އެކުލަވާލައިފި

ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ހޯމް މިނިސްޓްރީ

އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީ އަލުން އެކުލަވާލާ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީގައި ހިމެނެނީ 10 ފަރާތެކެވެ. އެ ކޮމިޓީ ޗެއާ ކުރައްވަނީ ހޯމް މިނިސްޓަރީންނެވެ. މި ކޮމިޓީގައި ދެން ހިމެނެނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލަކާއި، މޯލްޑިވްސް އިމިގްރޭޝަންގެ އިމިގްރޭޝަން އޮފިސަރެއް، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތެއް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރެއް، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، އިކޮނޮމިކް މިނިސްޓް، ހޯމްލޭންޑް މިނިސްޓްރީ، ސޯޝަލް ފެމިލީ އެންޑް ޑިވަލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފެއް އަދި ކަމާގުޅުންހުރި ޖަމިއްޔާއެއްގެ ފަރާތުން ބޭފުޅެކެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވާލެވުނު ކަމަށެވެ. އަދި ޓްރެފިކިން އިން ޕާސަން (ޓީއައިޕީ) ރޭންކިންގައި ރާއްޖޭގެ ދަރަޖައާއި އެ ދަރަޖަ މަތިކުރުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

މި ކޮމިޓީގެ ބައްދަލުވުމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގައި ހިއުމަން ޓްރެފިކިން ގެ ކުށްތައް މަދުކުރުމަށް ކަމާގުޅޭ އިދާރާތަކާއި، ޖަމިއްޔާތަކާއި ގުޅިގެން ކުރާނެ ގިނަ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ނެޝަނަލް ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ކުރިން މި އެކްޝަން ޕްލޭންގައި ހިމަނާފައިވާ މުހިންމު ގިނަ ކަންކަމަށް އިތުރަށް މަޝްވަރާ ކުރުމަށް ނިންމުނު ކަމަށެވެ.

އޭގެތެރޭގައި ހިއުމަން ޓްރެފިކިލް ޕްރިވެންޓް ކުރުމަށް ކަމާބެހޭ އިދާރާތަކުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ތަމުރީނު ކުރުމާއި އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމާއި ޕްރޮސިކިއުޝަން މަރުހަލާ ވަރުގަދަކޮށް ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ހިއުމަން ޓްރެފިކިން އެސްއޯޕީ، ރެގިއުލޭޝަން އަދި ގައިޑްލައިންތަށް އެކުލަވާލުމާއި މިހާރު ހެދިފައިހުރި ގަވައިދުތަކާއި އުސޫލުތައް އިތުރަށް ބަލާ އިސްލާހުތައް ގެނައުމާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ. މީގެިތުރުން ވިކްޓަމް ޕްރޮޓެކްޝަންގެ ކަންކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި ކަމާބެހޭ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ދެނެގަނެ އެކަންކަމަށް މަސައްކަތް ކުރުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.