ޑެންކްގެ އަންހެން ބޮޑުވަޒީރު މެޓީ ފްރެޑެރިކްސެން އަށް ހަމަލާ ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ ކޯޕަންހޭގައި އިއްޔެ ހަވީރު ހިނގި އެ ހާދިސާގައި މަގުމަތިން ބޮޑުވަޒީރުގައި ގައިގައި ޖެހީ ފިރިހެނަކު ކަމަށާއި އެކަމާ ގުޅިގެން އޭނަ ހައްޔަރުކޮށް، އެ މައްސަލަ މިހާރު ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބޮޑުވަޒީރަށް ދިން ހަމަލާއާ ގުޅިގެން އޭނަގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާއާ ގުޅިގެން ބޮޑުވަޒީރަށް ވަރަށް ބޮޑު ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ކުރި މީހާ ހައްޔަރުކުރި ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ މީހާއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
ޑެންމާކްގެ ބޮޑުވަޒީރަށް ދިން ހަމަލާއާ ގުޅިގެން ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ވެރިޔާ އުރްސަލާ ވޮން ޑާ ލެޔެން ވެސް ކަންބޮޑުވުން ފާޅު ކުރައްވައި، އެފަދަ ހާދިސާތައް ޔޫރަޕްގައި ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މެޓީ، 46، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2019 ގަ އެވެ. އޭނަ ކުރިން ޑެންމާކްގެ ޖަސްޓިސް މިނިސްޓަރުކަމާއި އެމްޕްލޯއިމަންޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވެ އެވެ.