ރާއްޖެ އިން އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ނިންމުމާ ގުޅިގެން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް އެކަމަށް ތާއީދު ނުކުރައްވާ މޭރުމަކުން ވާހަކަ ދައްކަވައިފި އެވެ.
ކުރިން އެސިސްޓަންްޓް ޕޮލިސް ކޮމިޝަނަރެއްގެ މަގާމު ވެސް އަދާކުރެއްވި އަދި މިހާރުގެ ސަރުކާރާ އެކީ ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ނިސްބަތްވާ ފައިރޫޝް އެކްސް ޕޯސްޓްތަކެއްގައި ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރަން ޖެހެނީ ސޯޝަލް މީޑިއާގައި މީސްމީހުން ފާޅުކުރާހާ ޝުއޫރުތަކަށް ރިއާޔަޔްކޮށް، އެ މީހުން ހިތްހަމަޖެއްސުމަށް ނޫން ކަމަށެވެ.
"ހާރިޖީ ސިޔާސަތު ބައްޓަންވާން ޖެހެނީ ގައުމުގެ ވަސީލަތްތަކާއި މާލީ ހާލަތާއި މުޅި ގައުމަށް ކުރާނެ ފައިދާއަށް ބަލައިގެން." ފައިރޫޝް ވިދާޅުވި އެވެ.
Foreign policy should not be shaped by social media opinions or aimed at pleasing its users. Instead, it must result from a careful calibration of national resources, strategic considerations, economic health, and the overall benefit to the nation.
— Phairoosch, PhD (@Phairoosch) June 6, 2024
މީގެ އިތުރުން އޭނަ ވަނީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރަން ނުފެންނަނީ ކޮން ސަބަބުތަކަކާ ހުރެތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ކުރެއްވި ޕޯސްޓަކަށް ރައްދު ވެސް ދެއްވައިފަ އެވެ. އޭގައި ފައިރޫޝް ވިދާޅުވީ
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން އެ ތަނުގެ މުސްލިމުންނާއި ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހުންނަށް ވެސް ރާއްޖެ ނާދެވޭނެ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ގެއްލުން ލިބޭނެ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ވެސް ނުރައްކާ ވެދާނެ ކަމަށް ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާ ދެކޮޅަށް ފައިރޫޝް ވާހަކަ ދެއްކެވުމާ ގުޅިގެން ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި އޭނަ އަށް ފާޑުކިޔަމުންނެވެ.
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ހެދި އެ ގައުމަށް ދަތިކުރުމުގެ ގޮތުން ރާއްޖެ އިން އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މި މަހުގެ 2 ގަ އެވެ.