އެމެރިކާގެ ފްލޮރިޑާގައި މިޔަރު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު ފްލޮރިޑާގެ ގަލްފް ކޯސްޓް ސަރަހައްދު މޫދަށް އެރި އުޅެނިކޮށް 45 އަހަރުގެ އަންހެނެއްގެ އަތަށް ދިން ހަމަލާއަކާ ގުޅިގެން އަތުން ބައެއް ވަނީ ބުރިވެފަ އެވެ. އަދި އެ ހާދިސާ ހިނގިތާ ދެ ގަޑިއެއްހާ އިރު ފަހުން މޫދަށް އެރި އުޅެނިކޮށް ފަރުވާވަރުގެ ދެ އަންހެން ކުއްޖަށް މިޔަރު ހަމަލާދީ ޒަހަމްކޮށްފައިވެ އެވެ.
އޭގެ ތެރެއިން އެއް ކުއްޖެއްގެ ފަޔާއި އެއް އަތް ވަރަށް ބޮޑަށް ޒަހަމްވުމާ ގުޅިގެން އަންނަނީ ހޮސްޕިޓަލްފައި ފަރުވާ ދެމުންނެވެ. އަދި މިޔަރު ދިން ހަމަލާގައި އަނެއް ކުއްޖާ އަށް ވެސް އެކި ވަރުގެ ގެއްލުންތަވެފައިވެ އެވެ.
ފްލޮރިޑާގައި ހިނގި މި ހާދިސާތަކާ ގުޅިގެން ގަލްފް ކޯސްޓް ސަރަހައްދުގެ ބައެއް ބީޗްތައް މިހާރު ވަގުތީ ގޮތުން ބަންދުކޮށް، މޮނިޓަކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އެއްވެސް ދިމާއަކުން މޫދަށް އެރޭ ބަނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މިޔަރުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.
ފްލޮރިޑާ ޔުނިވަސިޓީގެ އިންޓަނޭޝަނަލް ޝާކް އެޓޭކް ފައިލްސް އައިއެސްއޭއެފް) އިން ބުނެފައިވާ ގޮތުގައި މިޔަރުދޭ ހަމަލާތަކުގެ އަދަދު މުޅި ދުނިޔޭގައި އަހަރަކު 70-100 އަށް އަރަ އެވެ. އަދި މިޔަރުގެ ހަމަލާތަކުގައި އެވްރެޖްކޮށް އަހަރަކު ފަސް މީހުން މަރުވެ އެވެ.
އެތަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު މިޔަރުގެ ނުސީދާ ހަމަލާތަކުގެ އަދަދު 69 އަށް އަރާ އިރު، ސީދާ ހަމަލާތަކުގެ އަދަދު 22 އަށް އަރަ އެވެ.