Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ޑައިމޯފިން ބޭނުން ކުރި އަންހެނަކު ހޯދަނީ

ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ކޯޓަށް ހާޒިރު ކުރަން ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ މާލެ، މ. ލޮނުމިދިލިގެ، ޔުމްނާ ޢަބްދުއްރައްޒާޤު، 38، އެވެ.

އޭނަ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. އެގޮތުން މާދަމާ ހެނދުނު 11:30 އަށް ޔުމްނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.