ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ކުރީގެ ބަތަލާ އަމްރިތާ ސިންގް، ވަރަށް ދުވަސް ފަހުން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މިހާރު އުމުރުން 43 އަހަރުގެ ބަތަލާ ސޮއިކުރީ އޭނަ ރޯލެއް ކުޅުނު 2013 ގެ "ޖޮލީ އެލްއެލްބީ" ގެ ތިން ވަނަ ބަޔަށެވެ. މިހާރު ޝޫޓިން ވެސް ފަށާފައިވާ މި ފިލްމުގެ ކާސްޓްގައި 2017 ގެ "ޖޮލީ އެލްއެލްބީ 2" ގެ ކާސްޓްގައި ހިމެނޭ އަކްޝޭ ކުމާރާއި ހުމާ ގްރޭޝީ ވެސް ހިމެނެ އެވެ.
އަމްރިތާއާ އެކީ "ޖޮލީ އެލްއެލްބީ" ގެ ފުރަތަމަ ބައިގައި އަރުޝަދު ވަރްސީ ވެސް ހިމެނެ އެވެ. ތިން ވަނަ ބައިގައި ވެސް އޭނަ ހިމެނޭ، އިރު، "ޖޮލީ އެލްއެލްބީ 3" ގައި އަމްރިތާ ކުޅޭނީ ފުރަތަމަ ބައިގައި އޭނަ ކުޅުނު ސަނދިއާގެ ކެރެކްޓާ އެވެ.
އަމްރިތާ އެންމެ ފަހުން ފެނިފައި ވަނީ ނަވާޒުއްދީން ސިއްދީގީއާ އެކީ 2019 ގެ "ތާކްރީ" އިންނެވެ.
އޭނަ ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އިޝްގް ވިޝްގް"، "މަސްތީ"، "މޭ ހޫ ނާ"، "ދަ ލެޖެންޑް އޮފް ބަގަތު ސިންގް" އަދި "ވިވާ" ހިމެނެ އެވެ.
އަމްރިތާ އަކީ 2016 ގައި ކައިވެނިކޮށް މިހާރު ދަރިޔަކު ވެސް ހުރި ބަތަލާއެކެވެ.
"ޖޮލީ އެލްއެލްބީ 3" އަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.