އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވާ ތިން ވަނަ ދައުރަކަށް ނަރެންދުރަ މޯދީ އިއްޔެ ކުރެއްވުމާ ގުޅިގެން އިންޑިއާގެ މަޝްހޫރު ބައެއް ފިލްމީ ތަރިން މަރުހަބާ ކިޔައިފި އެވެ.
ބައެއް ތަރިން ދިއްލީގައި ބޭއްވި ހުވާގެ ރަސްމިއްޔާތުގައި ބައިވެރި ވެސް ވި އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާނާއި އަކްޝޭ ކުމާރާއި އަނިލް ކަޕޫރާއި ރަޖްނީކާތާއި ރަވީނާ ޓަންޑަންގެ އިތުރުން ވިކްރާންތު މަސީ ފާހަގަކޮށްލެ އެވެ.
#WATCH | Actor Shah Rukh Khan and Reliance Industries Chairman Mukesh Ambani along with his son Anant Ambani attend the oath ceremony of PM-designate Narendra Modi at Rashtrapati Bhavan in Delhi pic.twitter.com/sCcNCIZLZS
— ANI (@ANI) June 9, 2024
މޯދީ އަށް ސޯޝަލް މީޑިއާގައި މަރުހަބާ ކީ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަނާއި ރާޖްކުމާރު ރާއޯ އާއި މަޝްހޫރު ތެލެގޫ އެކްޓަރު ރިޝާބް ޝެޓީ ހިމެނެ އެވެ.
Congratulations to Prime Minister @narendramodi Ji on his re-election! Wishing continued success in guiding India towards prosperity and greatness with his wisdom and compassion.
— Ajay Devgn (@ajaydevgn) June 9, 2024
މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވި އިރު، މި ފަހަރު ބީޖޭޕީގެ ޓިކެޓްގައި އިންތިހާބަށް ވާދަކޮށް މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ވެސް ވަނީ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ.
My heartiest congratulations to our esteemed PM Shri @narendramodi ji on this historic third consecutive win. May our country continue to flourish under your exemplary leadership. God bless you sir. @PMOIndia pic.twitter.com/uPljtijdHz
— Rajkummar Rao (@RajkummarRao) June 9, 2024
އޭނަ ކާމިޔާބުކުރީ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑި އެވެ.
3ನೇ ಬಾರಿಗೆ ಪ್ರಧಾನಿಯಾಗಿ ಪ್ರಮಾಣ ವಚನ ಸ್ವೀಕರಿಸುತ್ತಿರುವ @narendramodi ಅವರಿಗೆ ಅಭಿನಂದನೆಗಳು.
Congratulations to #Narendramodi on his 3rd term as Prime Minister of India.
We deeply value your dedication towards the development, education, and national safety.#PMOath #Modi pic.twitter.com/NzrnlCNGmM— Rishab Shetty (@shetty_rishab) June 9, 2024
މޯދީ އާއި އިންޑިއާގެ ފިލްމީ ތަރިންނާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެގޮތުން ފިލްމީ ތަރިންގެ އެކިއެކި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތިމުގެ އިތުރަށް އެކިއެކި ކަންކަމާ ގުޅުގެން ފިލްމީ ތަރިންނަށް ދައުވަތު ދެއްވައި ބައްދަލު ކުރައްވަ އެވެ.