Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ކޮރެއާ އިން އޭވިއޭޝަން ދާއިރާ އިން ކިޔެވުމުގެ ފުރުސަތެއް

އޭވިއޭޝަން ދާއިރާ އިން މާސްޓާސް ޑިގްރީ އަށް ކޮރެއާ އިން ލިބިފައިވާ ފުރުސަތަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ކޮރެއާގެ އެރޯސްޕޭސް ޔުނިވަސިޓީން ހިންގާ "އާރް.އޯ.ކޭ-ކޭ.އޭ.ޔޫ 2024 ކޮރެއާ ފެލޯޝިޕް ޕްރޮގްރާމް އޮން ގްލޯބަލް އޭވިއޭޝަން ޕޮލިސީ" އިން ލިބިފައިވާ ފުރުސަތެއް ކަމަށެވެ.

އެހެންވެ 17 މަސްދުވަހުގެ ކޯހަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި ކޯހާ ގުޅޭ އިތުރު މައުލޫމާތު މި ލިންކް http://eng-grad.kau.ac.kr/sub6_4_a.php މެދުވެރިކޮށް ހޯދޭނެ އެވެ.