Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެކްޝަން ޕްލޭނެއް

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

"ނެޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގް އެންޑް ރެސްޕޮންޑިންގް ޓު ވައިލެންސް އަގައިންސްޓް ޗިލްޑްރެން" އަކީ 2024-2028 ނިޔަލަށް ހާއްސަކޮށްގެން އެކުލަވައިލާ އެކްޝަން ޕްލޭނެކެވެ. މި އެކްޝަން ޕްލޭނާ މެދު މަޝްވަރާކުރުމަށް އިއްޔެ އާއި އަދި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

ބައްދަލުވުންތަކުއި ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، އިދާރާތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރައުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުން ވެސް ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމާ ގުޅޭ ގޮތުން ހާމަކޮށް ފެމިލީ މިނިސްޓްރީމް ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގިނަ ގޮންޖެހުންތައް ފާހަގަކޮށް، އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.