Last Updated: February 5, 16:35
Wednesday, February 5, 2025
ޚަބަރު

ބޮޑު އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ބޮޑު އީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ އީދު ބަންދު ތެރޭގައި ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ވައި ޖެހޭނީ 15 މޭލާއި 16 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށެވެ.

އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު އީދު ބަންދަށް ރަށްރަށަށް ދިއުމަށް ގިނަ ބަޔަކު އަންނަނީ ތައްޔާރުވަމުންނެވެ.

ބޮޑު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ.