Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ތައިލެންޑްގެ 15 ބޭހެއް ބޭނުން ނުކުރަން އެދިއްޖެ

މާލޭގައި ހުރި ބޭސް ފިހާރައެއް - ފޮޓޯ: އަވަސް

ތައިލެންޑުގައި އުފައްދާ ވިއްކާ 15 ބޭހެއް ނުގަތުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން އާންމުކުރި އެލާޓެއްގައި ބުނެފައި ވަނީ ތައިލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއްގެ ކަމަށްވާ ސެވަން ސްޓާސް އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ އެކްސޮޕިއެންޓެއް ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ ތައިލެންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ އިން 15 ބާވަތެއްގެ ބޭސް ބޭނުން ނުކުރަން އަންގާ އެކަން އެެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ.

މަނާކުރި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.

ނަމަވެސް، ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުން ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވާން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ރައްކާތެރި ފިޔަވަޅެއްގެ ގޮޔުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއް ދީގެން ޕޯޓްތަކުން ބަލާ ފާސް ކުރާނެ ކަމަށް ވެސް ބުންޏެވެ.