ފުވައްމުލަކުގެ މަގުތައް ރީތިކުރުމަށްޓަކައި ހައްދަމުން އަންނަ ގަސްތަކަށް ބައެއް ފަރާތްތަކުން ގެއްލުންދެމުންދާތީ އެކަން ނުކުރަން ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
އެ ކައުންސިލުން ނެރުނު އިލްތިމާސެއްގައި ބުނީ ގަސްތަަކަށް ގެއްލުން ދެކުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ އެފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ފުވައްމުކަކީ ފެހި، ހިތްގައިމު ސިޓީއަކަށް ހެދުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ސިޓީގެ މަގުތަކުގައި ތަފާތު އެކި ކަހަލަ ގަސްތައް އިންދަމުން ދެ އެވެ. ހާއްސަކޮށް މާ އަޅާ ބަގީޗާ ގަސްތަކާއި ފެންފޯއް ރުއް ފަދަ ގަސްތައް ހިމެނެ އެވެ. ފުވައްމުލަކުގެ ވަރަށް ގިނަ މަގުތަކެއް މިހާރު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ އިރު، ރަށުގެ މަގުތަކަކީ ރީތީ އަދި އެހާމެ ހިތްގައިމު މަގުތަކަކަށް ހެދުމަށް ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަކަން ފާހަގަކުރެވެ އެވެ.
ފުވައްމުލަކުގެ މަގުތަކުގައި މާ އަޅާ ގަސްތައް އިންދާފައި ހުންނާތީ އެކަމުގެ އެ ސިޓީގެ ރީތިކަން މިހާރު ވަރަށް ބޮޑަށް ދައްކުވައި ދޭ ކަމަށް ބުނެ ފުވައްމުލަކަށް ޒިޔާރަތްކުރާ ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ހިއްސާކުރަމުން އަންނަކަން ފާހަގަކުރެވެ އެވެ.