Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކުނި އުކާ އިތުރު ވެހިކަލްތަކެއް ޖަޕާނުން ހަދިޔާކޮށްފި

"މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ ދަށުން ކުނި އުކައިލާ އިތުރު 30 ވެހިކަލެއް ޖަޕާނު ސަރުކާރުން ހަދިޔާކޮށްފި އެވެ.

ވެމްކޯގެ އޮފީހުގައި ބޭއްވި އިއްޔެ ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިން މި ވެހިކަލްތައް ކައުންސިލްތަކާ ހަވާލުކޮށް ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ކުނި މެނޭޖުކުރަން ބޭނުންވާ އާލާތްތައް 25 ރަށަކަށް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މަގޭ ސާފު ރާއްޖެ" ޕްރޮގްރާމުގެ ދަށުން ފެބްރުއަރީ މަހުގެ ތެރޭގައި ވެސް 48 ރަށަކަށް ކުނި އުކައިލާ ވެހިކަލްޔަކެއް ހަވާލުކޮށްފައިވެ އެވެ. އެގޮތުން ޖަޕާނުގެ އެހީގައި ކުނި އުކައިލާ 79 ވެހިކަލެއް ރަށްރަށަށް މިހާތަނަށް ފޯރުކޮށް ދީފައިވެ އެވެ.

ޖަޕާނަކީ އަބަދުވެސް ރާއްޖެ އަށް އެކި ގޮތްގޮތުން އެހީވަމުން އަންނަ ގައުމެކެވެ.