Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ށ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ފަށައިފި

ށ. ފުނަދޫ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ފަށައިފި އެވެ.

އަތޮޅުތަކުގެ ޞިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ރަށު ހޮސްޕިޓަގައި ޑަޔަލިސސްގެ ޚިދުމަތް ފެށުމާ ގުޅިގެން މިހާރު ރާއްޖޭގެ 12 އަތޮޅެއްގައި އެ ޚިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ މިނިސްތްރީން ބުނީ ށ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމާ ގުޅިގެން އެ އަތޮޅުން ހިދުމަތް ހޯދަން ބޭނުންވާ މިއީ ވަރަށް ބޮޑު ލުޔަކާއި ފަސޭހައަކަށް ވާނެ ކަމަށެވެ.

ޑަޔަލިސިސްގެ ހިދުމަތް މިހާރު ލިބެން ނެތް އަތޮޅުތަކަކީ އއ، އދ، ވ، މ، ފ، ދ، ތ އަދި ގދ އަތޮޅެވެ. ހެލްތު މިނިސްޓްރީން ބުނީ ޚިދުމަތް ލިބެން ނެތް އަތޮޅުގައި މި އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ޚިދުމަތް ފެށުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތައާރަފު ކުރުމަކީ ރައީސް ލްޖުމުހޫރިއްޔާ ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.