Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ހުޅުމާލޭ ޢީދު ހަރަކާތްތަކުން ހޮންޑާ ސައިކަލެއް

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ "އީދު އުފާ 2024" ގައި ބައިވެރިވެ ހޮންޑާ ބްރޭންޑު ސައިކަލެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝީޝާއިން ބުނެފިއެވެ.

އެޗްޑީސީގެ ފަރާތުން މިފަހަރު ހުޅުމާލޭގައި އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން "އީދު އުފާ" ގެ ނަމުގައި ހުޅުމާލޭގައި ކުރިއަށް ގެންދާ ހަރަކާތުގެ ގޯލްޑް ސްޕޮންސަރގެ ގޮތުގައި ރާއްޖޭގައި ހޮންޑާ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޝީޝާއިން ވަނީ އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިގޮތުން މިފަހަރު ބާއްވާ ހަރާކާތްތަކުގެ ތެރެއިން ހުޅުމާލެ ސެންޓްރަލް ޕާކަށް 17 ވަނަ ދުވަހު ވަޑައިގެން، ކޫޕަން ފުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ހޮންޑާ އެއާބްލޭޑް 160 ރަތްކުލައިގެ ސައިކަލެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝީޝާއިން ބުނެއެވެ.

ހުޅުމާލޭގައި އެޗްޑީސީގެ ފަރާތުން މިމަހުގެ 15 އިން 17 ގެ ނިޔަލަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އީދު ވެދުން، ބޮޑު ހުޅުޖެހުން، ބޮޑުމަސް ބޭނުން، މާލި ޕެރޭޑް އަދި ކޯޑި ކެނޑުން ފަދަ ސަގާފީ އީދު ހަރަކާތްތައް ހިމެނެ އެވެ.

އަޟްޙާ އީދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާއިރު، މިފަހަރު މާލެ ސަރަހައްދުގައިވެސް ގިނަ ހަރަކާތްތައް ވަނީ ރޭވިފައެވެ.