Last Updated: January 1, 20:00
Wednesday, January 1, 2025
ދުނިޔެ

ކޯޓްގައި މެޖިސްޓްރޭޓަށް ހަމަލާދިން ފުލުހަކު މަރާލައިފި

ކެންޔާގައި ކޯޓް ޝަރީއަތެއް ހިނގަމުން ދަނިކޮށް ފުލުހަކު މެޖިސްޓްރޭޓަށް ބަޑިން ހަމަލާ ދިނުމާ ގުޅިގެން އެ އޮފިސަރަށް އެހެން އޮފިސަރުންތަކެއް ހަމަލާދީ މަރާލައިފި އެވެ.

މީޑިއާތަކުން ބުނީ މި ހާދިސާ އިއްޔެ މަކަޑާރާ ޕްރިންސިޕަލް މެޖިސްޓްރޭޓް ކޯޓްގައި ހިނގީ ޗީފް އިންސްޕެކްޓަރެއްގެ މަގާމުގައި ހުރި ސެންސަން ކިޕްޗިޗީރް ކިޕްރޯޓޯގެ އަންހެނުން ހިމެނޭ މައްސަލައަކާ ގުޅިގެން ކޯޓުގެ ނިންމުމާ މެދު އޮފިސަރު ހިތްހަމަނުޖެހި، ރުޅިގަވަގެން މެޖިސްޓްރޭޓަށް ހަމަލާ ދިނުމާ ގުޅިގެން ކަމަށެވެ.

އޭނަގެ އަންހެނުންގެ ޝާމިލުވާ މައްސަލައަކާ ގުޅިގެން ކަފާލާތުގެ ޝަރީއަތުގައި މެޖިސްޓްރޭޓް މޮނިކާ ކިވޫޓީ ނިންމެވީ ކަފާލާތް ބަލައި ނުގަތުމަށެވެ. މެޖިސްޓްރޭޓަށް އޮފިސަަރު ހަމަލާ ދިނީ އެގޮތަށް ނިންމުމާ ގުޅިގެންނެވެ.

މެޖިސްޓްރޭޓަށް ސެމްސަން ބަޑިން ހަމަލާ ދިނުމާ އެކީ ޝަރީއަތުގެ މަޖިލީސް ހިނގަމުން ދިޔަ އިރު، ކޯޓްރޫމް ތިބި ފުލުުންގެ އޮފިސަތުންތަކެއް ވަނީ ވަގުތުން ސެމްސަން އަށް ބަޑިން ހަމަލާ ދީފަ އެވެ. އަދި އޭނަ ވަނީ އެ ހަމަލާގައި މަރުވެފަ އެވެ.

މެޖިސްޓްރޭޓަށް ސެމްސަން ދިން ހަމަލާގައި އިތުރު ތިން މީހަކަށް ވެސް ލިބުނު އަނިޔާތަކާ ގުޅިގެން މިހާރު އަންނަނީ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މީޑިއާތަކުން ބުނީ ކޯޓްގައި މަރާލި ފުލުހުންގެ އޮފިސަރަކީ ހުޅަނގު ކެންޔާގެ ލޮންޑިއާނީގެ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ކަމަށެވެ.

ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޯޓްގައި ހިނގި ހާދިސާއާ ގުޅިގެން ކެންޔާ ޖުޑިޝަރީން ބުނީ މިއީ ތާރީހުގައި ވެސް ކޯޓްގައި އެފަދަ ހާދިސާއެއް ހިނގި ފަހަރު ކަމަށެވެ. އަދި ކޯޓްތަކާއި ކޯޓްތަކުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ފިޔަވަޅުތަކެއް އަަޅާނެކަމުގެ ޔަގިންކަން ދޭ ކަމަށް ބުންޏެވެ.