Last Updated: March 11, 10:00
Tuesday, March 11, 2025
ޚަބަރު

ކުޅުދުއްފުއްޓާއި އުނގޫފާރަށް މި އަހަރު ބްލަޑް ބޭންކް

މި އަހަރުގެތެރޭ ދެ ރަށެއްގައި ބްލަޑް ބޭންކް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ލޭ ހަދިޔާކުރާ ދުވަހާ ގުޅުވައިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި އަދި ރ. އުނގޫފާރުގައި މި އަހަރު ބްލަޑް ބޭންކް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރަކީ މޯލްޑިވިއަން ބްލަޑް ސާސަސްގައި ލޭ ނަގާ މިންވަރު އިތުރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ނިންމާފައިވާ އަހަރަކަށްވުމާ އެކު އަދި ޚާއްސަކޮށް ލޭ އިތުރުކުރުމަށް ހިންގޭ ހަރަކާތް އިތުރުކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާތީ، މި މަސައްކަތް އިތުރަށް ހަރުދަނާ ކުރެވުނު ކަމަށް ވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ސިވިލް ސޮސައިޓީތަކާއި ޖަމާއަތްތަކާއި ކްލަބްތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މި އަހަރު ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 27 ބްލަޑް ކޭމްޕް ބޭއްވިފައިވާ ކަމަށް ބުންޏެވެ.