Last Updated: October 22, 06:45
Tuesday, October 22, 2024
ޚަބަރު

މާލޭގައި އިތުރު 163 ވެހިކަލެއް ޓޯކޮށްފި

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް އިތުރު 163 ވެހިކަލެއް ޓޯކޮށްފި އެވެ.

ފުލުހުން ބުނީ އެ ތަކެތި ޓޯކުރީ އިއްޔެ އާއި ބުރާސްފަތީގައި ކަމަށެވެ. ޓޯކުރި އުޅަނދުތަކުގެ ތެރެއިން 84 ވެހިކަލަކީ ބޮތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި ހުރި އެއްޗިއްސެވެ. އަދި އެހެނިހެން މަގުތަކުން 79 އުޅަނދެއް ޓޯކޮށްފައިވެ އެވެ.

މާލޭގައި ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުން ފެށިގެން ފުުހުންނަނީ މަގުމައްޗަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.