Last Updated: January 1, 20:00
Wednesday, January 1, 2025
ދުނިޔެ

މިއީ "މެލޯޑީ"

އިޓަލީގައި މިހާރު ކުރިއަށްދާ ޖީ7 ސަމިޓްގެ ހަވާސާގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކީ ސެލްފީ އެއް ނަންގަވަން ކުރެއްވި މަސައްކަތަކަށް ގިނަ ބެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ދެ ލީޑަރުން ވަރަށް އުފަލުން ތިއްބައިގެން ސެލްފީއެއް ނަންގަވަން އުޅުއްވި އިރު، އެ ވާހަކަ ވަރަށް ގިނަ މިޑިއާތަކުން ގެނެސްދީފައިވެ އެވެ. އަދި މެލޯނީ ނެންގެވި ސެލްފީ ވީޑިއޯ އޭނަގެ އިންސްޓަގްރާމްގައި ހިއްސާކުރައްވާފައިވެ ވެ އެވެ. އެ ވީޑިއޯއާ މެލޯނީ ޕޯސްޓްކުރެއްވީ ދެ ބޭފުޅުންގެ ނަން ގުޅުވައި "މެލޯޑީ" ޖައްސަވައިފަ އެވެ. ވީޑިއޯގައި ވެސް "މެލޯޑީގެ ޓީމުން މަރުހަބާ" ކިޔާ ކަމަށް މެލޯނީ ވިދާޅުވާ އިރު، މޯދީ ހިނިފުޅުވަޑުވާ ތަން ވެސް ފެނެ އެވެ.

އިޓަލީގެ ބޮޑުވަޒީރު ކަމަށް މެލޯނީ، 47، ވަޑައިގެންނެވީ 2022 ގަ އެވެ.

ވަރަށް ތަފާތު އެކި ކަހަލަ ކޮމެންޓްތައް އެއަށްކޮށްފައިވެ އެވެ. މި ވީޑިއޯގެ ސްކްރީންޝޮޓަކާ އެކީ އިންޑިއާގެ ލޯކް ސަބާ އަށް މި ފަހަރު ހޮވުނު މަޝްހޫރު ފިލްމީ ބަތަލާ ކަންގަނާ ރަނާވަތު މެލޯނީގެ ސެލްފީ ވީޑިއޯ އިން ދައްކުވައި ދެނީ އަންހެނުނަށް މޯދީ ކުރައްވާ އިހުތިރާމާއި އަންހެނުންގެ ބާރުވެރިކަމަށް ދެއްވާ ސަމާލުކަން ކަމަށެވެ.

ޖީ7 ސަމިޓްގެ ތެރެއިން އެކިއެކި ލިޑަރުންނާ އެކީ ނަންގަވާފައިވާ ފޮޓޯތަކެއް މޯީދޯގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކުދރައްވާ އިރި، އެ ޕޯސްޓްގެ އެންމެ ފުރަޔތަމަ ފޮޓޯއަކަށް އިނީ މެލޯނީ ސެލްފީ ނަންގަން އުޅުއްވާ ފޮޓޯ އެވެ.

ޖީ7 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މޯދީ އިޓަލީ އަށް މި ކުރައްވާ ދަތުރަކީ ވެރިކަމުގެ ތިން ވަނަ ދައުރަކަށް މިދިޔަ އާދީއްތަ ދުވަހު ހުވާ ކުރެއްވުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

އިޓަލީގައި ބުރާސްފަތި ދުވަހު ފެށި ޖީ7 ސަމިޓްގެ ފަހު ދުވަހަކީ މިއަދެވެ