މި މަހު ބާއްވަން އޮތް "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024" އަންނަ މަހަށް ފަސްކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ދޭ މި އެވޯޑް ހަފުލާ ކުރިން ބާއްވަން އޮތީ މި މަހުގެ 27 ގަ އެވެ. ނަމަވެސް ހަފުލާ މިހާރު ވަނީ އަންނަ މަހުގެ 4 އަށް ފަސްކޮށްފަ އެވެ. މިނިސްޓްރީން ބުނީ އެވޯޑް ހަފުލާ ލަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ބޮޑު އީދާ ދިމާކޮށް ސަރުކާރު ބަންދުވުމާ އެކު ހަފުލާ އެންމެ ފުރިހަމަ އަށް ބާއްވަން ބޭނުންވާތީ އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ.
މި އަހަރު ވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށް ދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއް ވެސް ދޭން ހަމަޖެހިފައިވެ އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދޭން ފެށީ 2022 އިން ފެށިގެންނެވެ.