Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

ޒުވާން ގޯލްކީޕަރަކު މަރުވެއްޖެ

އިނގިރޭސިވިލާތުގެ ކުލަބެއް ކަމަށްވާ މިލްވޯލް އަށް ކުޅެމުން އަންނަ މޮންޓްނީގްރޯ އަށް ނިސްބަތްވާ ހުނަރުވެރި ޒުވާން ގޯލްކީޕަރު މަޓިޖާ ސާކީޝް އިއްޔެ އެ ގައުމުގައި މަރުވެއްޖެ އެވެ.

އޭނަ މަރުވީ ދިރިއުޅެމުން އައި އެޕާޓްމަންޓްގެ ތެރެއަށް ވެއްޓި އެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބަކާއި މަރުވާން ދިމާވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ބައެއް މިޑިއާތަކުން ބުނީ މަޓީޖާ ވެއްޓުމާ ގުޅިގެން އޭނައާ އެކީ އުޅުނު ރައްޓެހިންތަކެއް ވަގުގުތުން އެމްބިއުލާންސަށާއި ފުލުހުންނަށް ވެސް ގުޅިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ދިޔަ އިރު ވެސް މަޓީޖާ މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އުމުރުން އެންމެ 26 އަހަރުގެ ކީޕަރްގެ ކުއްލި މަރާ ގުޅިގެން މިލްވޯލް އިން ނެރުނު ބަޔާންގައި ބުނީ މިއީ ކުލަބަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި މަޓީޖާގެ މަރާ ގުޅިގެން މޮންޓްނީގްރީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ މަޓީޖާ އަކީ ހަމައެކަނި މޮޅު ކީޕަރެއް ނޫން ކަމަށާއި އޭނަ އަކީ ކުޅުންތެރިންގެ ރޫހާ ގުޅިފައިވާ އެކުވެރިއެެއް ކަމަށެވެ.

"އޭނަގެ ހަނދާންތައް އަބަދު ވެސް އަހަރެމެންނާ އެކީ ވާނެ." މޮންޓްނީގްރޯގ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކީޕަރާ ބެހޭ ގޮތުން އެ ގައުމުގެ އެފްއޭ އިން އިން ބުންޏެވެ.

އިނގިރޭސިވިލާތުގެ ގްރިމްސްބީ އަށް އުފަން މަޓީޖާ މިލްވޯލްއާ ގުޅުނީ މިދިޔަ އަހަރުގެ އޮގަސްޓްގަ އެވެ. މިހާތަނަށް އޭނަ އެ ކުލަބަށް 33 މެޗް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ނުވަ މެޗެއް ވެސް ހިމެނެ އެވެ.

އެސްޓަން ވިލާ އަށް މެސް މަޓީޖާ ކުޅެފައިވާ އިރު، އެ ކުލަބުން ވެސް އޭނަގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފައިވެ އެވެ.