ދާދި ފަހުން "ހެޑްސް އޮފް ސްޓޭޓް" ގެ ޝޫޓިން ނިންމައިލި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ، "ދަ ބްލަފް" ގެ މަސައްކަތުގައި ބިޒީވެއްޖެ އެވެ.
މި މަހުގެ ކުރީކޮޅުން ފެށިގެން މީގެ ޝޫޓިން ކުރިއަށް ދަނީ އޮސްޓްރޭލިއާގަ އެވެ. މީގެ ވާހަކަ ޕްރިޔަންކާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އޭނަ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅޭ "ދަ ބްލަފް" އަކީ އެމެޒޯން ޕްރައިމް ވީޑިއޯ މިދިޔަ އަހަރުގެ އިން ގެނެސްދިން ޕްރިޔަންކާގެ ވެބް ސީރީޒް "ސިޓަޑެލް" ގެ ޓީމް ކަމަށްޗާ ޖޯ އާއި އެންތަނީ ރުސޯ ޕްރޮޑިއުސްކޮށް، ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކުރާ ން ފިލްމެކެވެ. ފްރޭންކް އަކީ ފެބްރުއަރީގައި ރިލީޒްކުރި މިއުޒިކް ލެޖެންޑް، ބޮބް މާލީގެ ބައޮގްރަފިކަލް ޑްރާމާ "ބޮބް މާލީ: ވަން ލަވް" ގެ އެއް ސްކްރީން ރައިޓަރެވެ.
"ދަ ބްލަފް" ގެ ކާސްޓްގައި ކާލް އާބަން ވެސް ހިމެނޭނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރުގެ ލޯބީގެ ފިލްމު "ލަވް އެގެއިން" އެވެ. އޭނަ މެއި މަހު ޝޫޓިން ނިންމި ފިލްމު "ހެޑްސް އޮފް ސްޓޭޓް" ގެ ބަތަލުންނަކީ އިޑްރިސް އެލްބާ އާއި ޖޯން ސީނާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ އެންމެ ފަހުން ސޮއިކުރި ހިންދީ ފިލްމު "ޖީ ލޭ ޒަރާ" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ. އެއީ އޭނަގެ އެންމެ ފަހުގެ ހިންދީ ފިލްމު 2019 ގެ "ދަ ސްކައި އިޒް ޕިންކް" ގެ ބަތަލު ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމެކެވެ.