Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރާތީ ކަރަންޓު ކެނޑިދާނެ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށްގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މާލޭސިޓީގައި މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން މިއަދު ހެނދުނު 10:00 ން 12:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ މާލެ ސިޓީ، ހެންވޭރު، އަމީރު އަހުމަދު މަގާއި، ސީސަންމަގު އަދި ރޯޝަނީމަގު ހިމެނޭ ސަރަހައްދުންނެވެ.

މާލެސަރަހައްދުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.