ދ. އަތޮޅު ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ދެ މީހުން ތިބީ އޮބްޒަވޭޝަންގައި ކަމަށް ފުލުހުން ބުނެފި އެވެ.
އެ އެކްސިޑެންޓް ހިނގީ ވޮއްމުލި ރިސޯޓްގެ ލޯންޗަކާއި ދ. އަތޮޅު ދޫރެސް ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ.
އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުން އަންނަނީ ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓްގަ އެވެ. ފުލުހުން ބުނީ ހާދިސާގައި އަނިޔާވި އަންހެން މީހާ އާއި ފިރިހެން މީހާ އަށް ވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށެވެ.
އެކަމަކު ޑޮކްޓަރުގެ ލަފާގެ މަތިން އެ މީހުން މިހާތު ތިބީ އޮބްޒަވޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ.