ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މުހައްމަދު ޒަކީ އަވަހާރަވެއްޖެއެވެ.
1973 ވަނަ އަހަރު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވި ޒަކީ އުމުރުން 65 އަހަރުވެގެން، 28 އޮކްޓޫބަރު 2020 ގައި ރިޓަޔާ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ މަގާމުގައެވެ. ޒަކީ ވަނީ، 47 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައެވެ.
ޒަކީ އަށް 2023 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާފައެވެ.
ޒަކީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓްގައި ވަނީ ޒަކީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުއާ ކުރައްވާފައެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ދިވެހި ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، އެކަމުގެ އަގު ދައުލަތުން ވަޒަންކުރައްވާ އިނާމު ދެއްވަވާފައިވާ ޚިދުމަތްތެރިއެއްކަމުގައިވާ އަލްމަރުޙޫމް މުޙައްމަދު ޒަކީއަށް ކީރިތިﷲ ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ… pic.twitter.com/JNdgNXYDvd
— Dr Mohamed Muizzu (@MMuizzu) June 17, 2024
ޒަކީ ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ސީ.އައި. ޑިވިޜަންގެ ފޯމޭނެއްގެ ވަޒީފާއެވެ. އޭގެފަހުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނު ކަމާއި، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޕިޔޯނުކަން ކުރެއްވިއެވެ. އަދި އެ އޮފީހުގެ ޕްރިންޓަރު ކަމާއި، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރިންޓަރު ކަމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއަރ ޕްރިންޓަރުކަންވެސް ކުރެއްވިއެވެ. މީގެ އިތުރުން، އެ މަރުކަޒުގެ ޗާޕާބެހޭ އެހީތެރި ކަމާއި، ފޮތް ޗާޕުކުރާ ބައިގެ ސީނިއަރ ޕްރިންޓަރު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓަރު ކަމާއި، ޕްރިންޓިންގ ސުޕަވައިޒަރުކަންވެސް ޒަކީ ކުރެއްވިއެވެ.