ދުނިޔޭގައި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާ އިރު، ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ އެކަމަށް އިޝާރާތް ކުރައްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މިއަދު ވިދާޅުވީ ދުނިޔޭގެ ބޮޑު ބާރުތަކުން ފެންނަނީ އަސްކަރިއްޔާ އަށް ކުރާ ހޭދަ އިތުރުކުރާ ތަން ކަަމަށެވެ. އަދި އެފަދަ ސިޔާސަތުގައް ގެންގުޅޭ ވެރިންގެ ބާރު ވެސް ގައުމުތަކުގައި ގަދަވަމުންދާ އިރު، ހިޖުރަކުރުމާ ދެކޮޅު ވިސްނުންތަކާއި ނަސްލީ ތަފާތު ކުރުން ފަދަ މައްސަލަތައް ދަނީ އިންތިހާ އަށް އިތުރުވަމުން ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް ވިސްނުންތެރިކަމާ އެކީ މަސައްކަތް ކުރާނެ ހަރުދަނާ ވެރިން ނާންނަ ކަމަށްވާ ނަމަ ދުނިޔޭގެ މިސްރާބު އޮތީ ތިން ވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް." ނަޝީދާދު ވިދާޅުވި އެވެ.
Major powers planning conscription, military spending is sky-rocketing, an arms race is on, populists are winning, & anti-immigration and racism on the rise. Unless cooler heads prevail, I fear we are heading towards WWIII… and that's not to mention climate heating!
— Mohamed Nasheed (@MohamedNasheed) June 17, 2024
ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ މައްސަލަ އަކީ ނަޝީދު މިހާރު އެންނެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ މައްސަލަ އެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ވެސް އެފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ވެރިއަކަށެވެ.
އެއީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކެޓަރީ ޖެނެރަލްގެ މަގާމެވެ. އެ މަގާމާ މި އަހަރުގެ ޖެނުއަރީގައި ހަވާލުވެވަޑައިގެން ނަޝީދު އުޅުައްވަމުން ގެންދަވަނީ ގާނާގަ އެވެ.