Last Updated: January 1, 20:00
Wednesday, January 1, 2025
ދުނިޔެ

24 އަހަރު ފަހުން ޕުޓިން އުތުރު ކޮރެއާ އަށް

ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން 24 އަހަރު ފަހުން މިއަދު ދެކުނު ކޮރެއާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން ދެ ގައުމުން ވެސް އިއުލާންކޮށް ބުނީ ޕުޓިންގެ މި ދަތުރަކީ ދެ ދުވަހުގެ ދަތުރެއް ކަމަށެވެ. އަދި މި ދަތުރަކީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕުޓިން، އުތުރު ކޮރެއާ އަށް ކުރައްވާ ދަތުރުގައި ދެ ގައުމުގެ މެދުގައި އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ވިޔަފާިރި އާއި އިގުތިދާ ދާއިރާ އިން ވެސް ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.

ނަމަވެސް ދަތުރާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް މިހާތަނަށް ދެ ގައުމުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކިމް ރަޝިއާ އަށް ވަޑައިންނެވި އެވެ. އަދި އެ ދަތުރުގައި ޕުޓިންއާ ބައްދަލު ވެސް ކުރެއްވި އެވެ.