Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

މެއި މަހު މުދަލު ޒަކާތަށް 9 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހު 9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

އެތަނުން ނެރުނު މަހުގެ ރިޕޯޓުގައިވާ ގޮތުން އެ މަހު އެ އޮތޯރިޓީ އަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 9.1 މިލިއަން ރުފިޔާ ވަނީ ބަލައިގަންފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 4.5 މިލިއަން ރުފިޔާ އެވެ.

މެއި މަހު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާ އިރު ދެ ގުނަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 48.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބުނީ 46.4 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.6 ޕަސެންޓް ދަށް އަދަދެކެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހު އެވެ. މިހާރުގެ ނިސާބަކީ 9،353.40ރ. އެވެ. ރުފިޔާ ކަމަށެވެ.