އިވުމުގެ ހިއްސަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ނާދިރު ބައްޔެއް ޖެހިފައިވާ ކަމަށް އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަލްޔާ ޔަގްނިކް ބުނެފި އެވެ.
އެތައް ފިލްމަކަށް މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ 58 އަހަރުގެ ލަވަކިޔުންތެރިޔާ މިއަދު އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އޭނަ އަށް ދިމާވެފައިވާ ބައްޔަކީ ސެންސަރީ ނިއުރޯން ޑިސްއޯޑާ އެސްއެންޑީ) ކަމަށެވެ. އަލްކާ ބުނީ އެ ނާދިރު ބަލީގެ ޝިކާރައަކަށް އޭނަވިކަން އެނގުނީ އެ މީގެ ހަފުތާތަކެއ ް ރިން ދަތުރަކަށް ފަހު ފްލައިޓުން ފޭބި އިރު، އޭނަގެ ކަންފަތަށް އެއްވެސް އަޑެއް ނީވޭކަން ފާހަގަކުރެވިގެން ޑޮކްޓަރަށް ދެއްކުމާ ގުޅިގެން ކަމަށެވެ.
އަދި ބައްޔަށް ޑައިގްނޯޒްވި ހިސާބުން ފަރުވާ ފަށާފައިވާ ކަމަށާއި އެންމެންގެ ހެޔޮދުއާ ވެސް ބޭނުންވާ ކަމަށް އަލްކާ ބުންޏެވެ.
އޭނަ ބުނީ އިވުމުގެ ހިއްސަށް މި ދިމާވި ކުއްލި މައްސަލައިގެ ސަބަބުން ފްރޮފެޝަނަލް ކެރިއަަށާއި ސިއްތަށް އަންނަ ކުރިއެރުންތަކުގެ ވާހަކަ ހިއްސާކުރަމުން ދާނެ ކަމަށެވެ. އަލްކާ ޕޯސްޓްގައި ވަނީ މާ އަޑުގަދަ މާހައުލުހއި ނޫޅުމަށާއި ހެޑްފޯނުން އެހާ ބާރަށް ލަވަ ޖެހުން ފަދަ ކަންކަން ކުރުން ރައްކާތެރި ނޫންކަން އަމިއްލަ އިން ތަޖުރިބާ ވެސް ފާހަގަހަވެއްޖެ ކަމަށް ބުނެ އެކަމަށް އާންމުން ސަމާލުކަން ދޭން ވެސް އެދިފަ އެވެ.
އަލްކާ އަކީ ބޮލީވުޑްގައި 90 އާއި 2000 ގެ ކުރިކޮޅުގެ އަހަރުތަކާ ހަމައަށް އެންމެ ކާމިޔާބު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ. މިހާރު ވެސް މަދުމަދުން ފިލްމުތަކަށް ލަވަ ކިޔައި ދެމުން އަންނަ ފަންނާނު މިހާތަނަށް މަޝްހޫރު އެތައް ބަތަލާއިންނަކަށް ލަވަތައް ކިޔައި ދީފައިވެ އެވެ.
އަލްކާ އަކީ އާއި ކުމާރު ސާނޫ އަދި އުދިތު ނާރާޔަން އަކީ ވަރަށް މަގުބޫލު އަދި އެހާމެ މަޝްހޫރު ލަވަތަކެއް ކިޔާފައިވާ ފަންނާނެކެވެ. އޭނަ އަކީ ދެ ނެޝަނަލް އެވޯޑްގެ އިތުރުން ވެސް އިންޑިއާގައި ދެވޭ މިއުޒިކީ އެތައް އެވޯޑެއް ހާސިލުކޮށްފައިވާ މީހެކެވެ.
އަލްކާ އަކީ ފަހަކަށް އައިސް ލަވަ ޝޯތަކުގެ ޖަޖްކަން ވެސް ކުރަމުން އަންނަ މީހެކެވެ.