ބިދޭސީ މަސައްކަތްތެރިންނަށް ކޮންމެ ރަށަކުން އިތުރު ޕާމިޓެއް ދޫކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް އެއަކަށް ފީއެއް ނެގުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެެވެ.
ރަށްރަށުން ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރަން ޖެހޭ ގޮތަށް ހަދަން ނިންމި ވާހަކަ މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕިއެސްއެމްގެ ޕްރޮގްރާމެއްގަ އެވެ. އިހުސާން ވިދާޅުވީ އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.
ވިދާޅުވީ މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރަން ނިންމާފައިވާ ކަމެކެވެ.
އިހުސާން ވިދާޅުވީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ބަލަހައްޓަން ޖެހުނު ނަމަވެސް އެފަދަ ނިޒާމެއް މިހާރު ނެތް ކަމަށެވެ. އެހެންވެ މިހާރު ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް ފަހު އެ ސިސްޓަމްގެ އެކްސެސް ކައުންސިލްތަކަށް ދީ މައުލޫމާތު އަޕްޑޭޓް ކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އޭގެ ސަބަބުން ބިދޭސީންގެ ދަފުތަރު ވަރަށް ރަނގަޅަށް ބެލެހެއްޓޭނެ ކަމަށެވެ.
އެގޮތުން ރަށްރަށުން ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރާ ޕާމިޓަކީ ވަކި ފީއެއް ނަގާ އެއްޗަކަށް ނުވާނެ ކަމަށް ގުޅޭ ގޮތުން އިހުސާން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ގާއިމްކުރެވިފައިވާ ނިޒާމަށް ބަދަލުތަކެއް ގެނައުމުން ބިދޭސީ މަސައްކަތްތެރިން ޖެހޭނީ އެ ރަށަކަށް އަލުން ރަޖިސްޓްރީވާން ކަމަށާއި އެކަަމަށް އެދުމުން ކައުންސިލްތަކުން އެކަން އެޕްރޫވްކޮޑް ޕާމިޓް ދޫކުރާނެ ކަމަށެވެ. އަދި މިއީ މިއީ "އައިޓީ ބޭސްޑް ސޮލިއުޝަނަކަށް" ވާނެ ކަމަށް ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މިހާރު އަންނަނީ ބިދޭސީންގެ މައުލޫމާތު އެއްކުރަން "ކުރަނގި" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ.