ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ކާތިކް އާރިއަންގެ "ޗަންދޫ ޗެމްޕިއަން" ގެ ޑައިރެކްޓަރު ކަބީރު ޚާން ދެން ފިލްމެއް ހަދާނީ ރިތިކް ރޯޝަނާ އެކީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީޕިން މޫން އިން މިއަދު ބުނީ ޕްރޮޖެކްޓަކާ ގޮތުން އެ ދެ މީހުން މި ފަހުން އެކި ފަހަރު މަތިން ވަރަށް ގިނައިން ބައްދަލުކޮށް މަޝަވަރާތަކެއްކޮށްފައިވާ ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ ތެރޭގައި ތުރިލާއެއްގެ މަސައްކަތް ފެށުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މީގެ ކުރިން ވެސް ރިތިކާ އެކީ ކަބީރު ފިލްމެއް ހަދަން އުޅޭކަމުގެ އަޑުތަކެއް އަރާފައިވެ އެވެ. ކަބީރަކީ "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ރިތިކް މިހާރު އަންނަނީ އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރަން އަމާޒު ހިފާފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ 2" ގެ މަސައްކަތް ކުރަމުންނެވެ. މީގެ ޑައިރެކްޓަރަކީ "ބުރައްމަސްތުރާ" އާއި "ޔެ ޖަވާނީ ހެ ދީވާނީ" ގެނެސްދިން އަޔާން މުކަރްޖީ އެވެ.
ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ އޭނަގެ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު މި އަހަރުހެ ޖެނުއަރީގައި ގެނެސްދިން އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އެވެ.