Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ގުރައިދޫ މަރުކަޒުގައި "އުފާވެރި ރާސްތާ" ފަށައިފި

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރޭގައި ތިބި އިސްރަށްވެހިންނަށް "އުފާވެރި ރާސްތާ" ގެ ނަމުގައި ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

މި ޕްރިގްރާމާ ގުޅޭ ގޮތުން ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ ޕްރޮގްރާމަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒު ކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާއީ ހަރަކާތްތައް ހިމެނޭހެން ފޯރުކޮށްދޭ މައުލޫމާތު ސެޝަންތަކެއް ކަމަށެވެ.

އެގޮތުން ޕްރޮގްރާމްގެ ތެރެއިން އެކި ދާއިރާތަކުގައި މަސައްކަތްކު ރައްވާ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާ އިރު، ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދާ އިސްރަށްވެހިން މުޖުތަމައު އަށް ނެރުމަށް އަހުލުވެރި ކުރުވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެހީތެރިވުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދި ބޭއްވި ސެޝަންގައި މައުލޫމާތު ދީފައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެ ދުވަހަކު ކުރެވޭނެ ކަސްރަތުތަކާއި މިންހެޔޮ ކާނާގެ އިތުރުން ނަފްސާނީކޮށް ދުޅަހެޔޮކޮށް ތިބުމުގައި އަހަންމިއްޔަތުކަން ދޭންވީ ކަންތައްތަކަށް ކަމަށެވެ. އެ ސެޝަންގައި ނަރުހުންނާއި ސޯޝަލް ވޯކަރުން މައުލޫމާތު ދީފައިވާ އިރު، 60 އިސްރަށްވެހިން ބައިވެރިވެފައިވެ އެވެ.