Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

"ހޮންޑާ ފްލޭޝް ޑީލް" މިހާރު މި މަހުގެ ނިޔަލަށް

ހޮންޑާ މޯލްޑިވްސް (ޝީޝާ) އިން މިދިޔަ މަހު ފެށި "ހޮންޑާ ފްލޭޝް ޑީލް" ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކުރަން ނިންމީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ، ގިނަ ބަޔަކަށް ޕްރޮމޯޝަންގައި ހިއްސާވާން ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ. ޕްރޮމޯޝަންގެ ތެރޭގައި ހޮންޑާ އިން ވިއްކަމުން އަންނަ މަޤްބޫލު ހަތަރު މޮޑެލްއެއްގެ ސައިކަލް ގަންނަ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ އެވެ.

ޑިސްކައުންޓް ލިބޭ މޮޑެލްތަކަކީ:

* އެއާ ބްލޭޑް 125 ބްލެކް އެޑިޝަން
* އެއާ ބްލޭޑް 160 ސްޕެޝަން އެޑިޝަން
* އެއާ ބްލޭޑް 160 ބްލޫ
* ވިޝަން 110 ގެ ހުރިހާ ކުލައަކުން ޑިސްކައުންޓް

މި މޮޑެލްތަކުގެ ސައިކަލް ނަގާ ފަރާތްތަކުން ޕްރޮމޯޝަންގެ ތެރޭގައި އެއްކޮށް ފައިސާ ދައްކާ ނަމަ ޑިސްކައުންޓު ދޭ އިރު، ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޒީރޯ ފައިނޭންސް ޗާޖް ޕެކޭޖްގައި ވެސް ސައިކަލުތަކައް ލިބޭނެ އެވެ. މި ހާއްސަ އިންސްޓޯލްމެންޓް ޕެކޭޖްތަކުގެ ދަށުން 50 ޕަސެންޓް ޑައުންޕޭމެންޓް ދައްކައިފި ނަމަ، ބާކީ 12 މަސް ދުވަހަށް އިންސްޓޯލްމެންޓް އެއްވެސް ފައިނޭންސް ޗާޖެއް ނާރާ ގޮތަށް ބަހައިލެވޭނެ އެވެ.

އަދި އިންސްޓޯލްމެންޓް ހާއްސަ ޕެކޭޖްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ފައިނޭންސިން މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ހޮންޑާ ބްރޭންޑްގެ ސައިކަލްތައް ވިއްކަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޮންޑާ މޯލްޑިވްސްގެ އައުޓްލެޓްތައް ހިންގަ އެވެ .އޭގެ ތެރޭގައި މާލެ، ހުޅުމާލެ، އައްޑޫ، ފުވައްމުލައް، ލ. ގަން، ގއ. ވިލިނގިލި އަދި ކުޅުދުއްފުށި ހިމެނެ އެވެ.

ހޮންޑާ މޯލްޑިންސް އިން ބުނީ އެ ހުރިހާ އައުޓްލެޓަކަކުން ވެސް މިދިޔަ މަހުގެ 18 ގައި ފެށި "ހޮންޑާ ފްލޭޝް ޑީލް" ޕްރޮމޯޝަންގެ ދަށުން ސައިކަލު ނެގޭނެ ކަމަށެވެ.، އައުޓްލެޓްތަކުން ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ މޮޑެލްތަކުގެ ސައިކަލުތައް ލިބެން ހުންނާނެ އެވެ.

ހޮންޑާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކާއި އެންމެ ފަހުގެ ސައިކަލުތަކުގެ މައުލޫމާތު 33HN އަށް ގުޅައިގެން ހޯދޭނެ އެވެ.